ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިންގައި، ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ އިރު، މި މެޗު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުއެވެ. ކޮލިފައިން ގްރޫޕް އޭގައި، ރާއްޖެއާ އެކު ހިމެނެނީ، ފިލިޕީންސް، ތަޖިކިސްތާން އަދި އީސްޓް ޓިމޯ އެވެ.
ރާއްޖެއާ ފިލިޕީންސް މީގެ ކުރިން ފަސް ފަހަރު ކުޅެފައިވެއެވެ. ފިލިޕީންސާ ދެކޮޅަށް ރާއްޖޭން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ، 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު ތިން މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި، 2014 ވަނަ އަހަރު ރާއްޖޭގައި ހޯސްޓްކުރި އޭއެފްސީ ޗެލެންްޖް ކަޕްގެ ސެމީ ފައިނަލް ހިމެނެ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް:
ރާއްޖެ - ފިލިޕީންސް (މާޗް 25 - މާލެ)
އީސްޓް ޓިމޯ - ރާއްޖެ (ޖޫން 10)
ރާއްޖެ - ތަޖިކިސްތާން (އޮކްޓޫބަރު 9 - މާލެ)
ފިލިޕީންސް - ރާއްޖެ (ނޮވެމްބަރު 18)
ރާއްޖެ - އީސްޓް ޓިމޯ (މާޗް 31 - މާލެ)