މި މައްސަލަ މިހާރު ދަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުންނެވެ.
އެ ސަރަހައްދަށް ކްލޮރިން އެޅުމުގެ ސަބަބުން މަހާއި ބޯވަ ފަދަ ކަނޑުގެ ދިރުންތައް މަރުވެ، އެއްގަމަށް އަންނަނީ ލައްގަމުންނެވެ. އަދި އެ ސަރަހައްދަށް ކްލޮރިން ގެންދިޔަ ފަރާތެއް އަދި ދެނެގަނެވިފައި ނުވެއެވެ.
އައްޑޫ ނޭޗާ ޕާކުން ވަނީ މޫދަށް ކްލޮރިން އެޅުމުން ނުރައްކާތެރި މާއްދާތަކެއް އުފެދޭތީ، އެ ސަރަހައްދަށް ދާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ކުރިން ބުނެފައެވެ.
އިދާރާއަކުން ވަކި ގޮތެއް އަންގަންދެން އެ ސަރަހައްދުގެ މޫދަށް ނޭރުމަށް ވެސް ވަނީ އެދިފައެވެ.
ހިތަދޫ ފުއްޓަރު ސަރަހައްދަށް އަޅާފައިވާ ކޮލަރިން ފާޓާތައް