ads
ފޮރިން މިނިސްޓާ ހަލީލް އޮމާން ގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުން
ވިޔަފާރީގެ ގޮތުން އޮމާން އާ ގުޅުން ވަރުގަދަ ކުރަނީ
ވިޔަފާރިއާއި ފަތުރުވެރިކަން މެދުވެރިކޮށް ރާއްޖެއާއި އޮމާން ގެ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
Advertisement

މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި މިވަނީ އޮމާން ގެ ފޮރިން މިނިސްޓާ ސައްޔިދު ބަދުރު ބިން ހަމޫދު ބިން ހަމޫދު އަލްބުސައީދީގެ ދައުވަތަކަށް އެގައުމަށް ފުރާވަޑައިގެން ، އޭނާ އާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ވިޔަފާރިއާއި، ފަތުރުވެރިކަމުގެ އިތުރުން ތައުލީމީ ދާއިރާއިން އެއްބާރުލުން ހޯދާ ، އިންވެސްޓްމަންޓް އަދި ޕްރޮމޯޝަން މެދުވެރިކޮށް ދެގައުމުގެ ގުޅުން ބަދަހިކުރުމަށް މިއަދު ދެ ބޭފުޅުން ވަނީ މަޝްވަރާކޮށްފައެވެ.

މި މަހުގެ 10 އިން 13 އަށް އޮމާންއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި މިނިސްޓާ ހަލީލް، އޮމާންގެ ފޮރިން މިނިސްޓާރާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް ހަަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުންވެސް ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާ މިނިސްޓަރު ބައްދަކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި މިނިސްޓާ ޑރ. ހަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް