އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބޭރުގެ ހާފިޒުން ގެނައުމަށް އެދޭ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ސިޓީ އަދި ރަށު ކައުންސިލްތަކަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން އަންނަ އަހަރުގެ ފެބްރުއަރީ 16 ގެ ކުރިން އެ ފޯމުތައް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ހާފިޒުންނަށް ވެސް ތަރާވީހު ނަމާދު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެއީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮވެ، ގުރުއާން ކުލާހެއް ނުވަތަ އެފަދަ މަރުކަޒެއްގައި މަސައްކަތްކުރާ، އަދި ހާފިޒުކަމުގެ ސެޓްފިކެޓް އޮންނަ ފަރާތްތަކަށް އެކަނި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.