އޮމާނުގެ ޑެޕިއުޓީ ބޮޑުމިނިސްޓަރު ސައްޔިދު އަސްއަދު ބިން ތާރިގު އަލް-ސައީދުއާ ބައްދަލުކުރެއްވުމުގައި، ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކުގައި އޮމާނުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެވުނު އެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވި އެވެ.
އޮމާނުގެ އިސްވެރިޔާ، ދިވެހިރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒުގެ ތަހުނިޔާ އޮމާނުގެ އިސްވެރިންނަށް ފޮރިން މިނިސްޓަރު އަރިސްކުރެއްވި އެވެ.