ހައިދަރު މިވަގުތު ހުންނެވީ އދ. އިން ބާއްވާ ސެޝަން އޮފް ދަ ކޮމިޓީ އޮން ސްޓެޓިސްޓިކްސްގެ ނުވަ ވަނަ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ތައިލެންޑްގައެވެ.
މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އަލިފާންގަނޑު ކޮންޓްރޯލްވިއިރު އިމާރާތުން ފެންނަން ހުރީ ދަގަނޑު ފްރޭމް ގަނޑު އެކަންޏެވެ.
ހައުސިން މިނިސްޓްރީގައި ހިފި އަލިފާންގަނޑުގައި އެ މިނިސްޓްރީ އަނދައިގެން ދިޔަ ނަމަވެސް، ގެދޮރުވެރިކަމާ ގުޅޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ކުލައުޑުގައި އެބަހުރި ކަމަށެވެ. ހައުސިން މިނިސްޓްރީން ބުނީ ފްލެޓްތަކުގެ ލިޔެކިއުންތައް ސަލާމަތުން ހުރުމުގެ އިތުރުން އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް ވެސް އަނިޔާއެއްވެފައި ނުވާކަމަށެވެ.