ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު ބަންދު މުއްދަތު އިތުރުކޮށްދިނީ މުހައްމަދު ޝާމިން އާއި އަހުމަދު ޝަބީންގެ މައްޗަށެވެ. އެ ދެމީހުންގެ ބަންދު މުއްދަތު އިތުރުކޮށްދިނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި އަނެއް ޑްރައިވަރު، ނޫމާން އަހުމަދު ވަނީ ދޫކޮށްލައިފަ އެވެ.
ޓެކްސީ ޑްރައިވަރުން މުޒާހަރާކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދޭން މަސައްކަތް ކުރަން ފެށުމާ ގުޅިގެންނެވެ. މުޒާހަރާކުރި ޑްރައިވަރުން ރޭގެ ނުވަ ޖަހާއިރު ހުޅުމާލެ ނިރޮޅުމަގު ކޮޅުގައި ކާރުތައް ޕާކުކޮށް އެ މަގު ބަންދުކުރި އެވެ. އޭގެ ފަހުން ފުލުހުން އެ ސަރަހައްދު ކޮންޓްރޯލްކޮށް، 20 އަށްވުރެ ގިނަ ޓެކްސީ ޓޯކުރި އެވެ.