ބިލް ގޭޓްސްގެ އަންހެނުން މެލިންޑާ ގޭޓްސް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ގޭޓްސް ފައުންޑޭޝަނުގެ ފަރާތުން އިތުރު 150 މިލިއަން ޑޮލަރު ކޮވިޑް-19 އިން ރައްކާތެރިވުމަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާ ކޮށްފައިވާ ކަަމަށެވެ. މެލިންޑާ އިތުރަށް ބުނި ގޮތުގައި މި ބަލިމަޑުކަމުން އަރައިގަތުމަށް އެއްބާރުލުންދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ.
ގޭޓްސް ފައުންޑޭޝަނުން ދީފައިވާ އެހީއަށް ޝުކުރު އަދާކޮށް ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ވަނީ ޓްވީޓެއް ކޮށްފަ އެެވެ.
މި އަހަރަކީ ބިލް އަދި މެލިންޑާ ގޭޓްސް ފައުންޑޭޝަނަށް 20 އަހަރު ފުރޭ އަހަރެވެ.