ads
ޓެކްސީ: ފޮޓޯ އެޓޯލް ޓައިމްސް
ސަރުކާރުގެ ޓެކްސީ ލައިނުގެ އެއްވެސް މަސައްކަތެއް ނުފަށާ ކަމަށް މިނިސްޓްރީން ހާމަކޮށްފި
ސަރުކާރުން ފަށަން އިއުލާންކުރި ޓެކްސީ ލައިނުގެ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
Advertisement

މިނިސްޓްރީން މި މައުލޫމާތު ހާމަކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ފޯމެއްގެ ޖަވާބުގަ އެވެ. އެ ފޯމު ހުށަހެޅީ ޓެކްސީ ޑްރައިވަސް ކޮމިއުނިޓީގެ ރައީސް އިބްރާހިމް ނިޔާޒެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވިދާޅުވެފައިވަނީ ދެ ހަފުތާގެ ތެރޭގައި ޓެކްސީ ލައިނުގެ ހިދުމަތް ފަށާނެ ކަމަށެވެ. އެކަމަކު މިނިސްޓްރީން މިއަދު ބުނީ އަދި ކާރުތަކަށް އޯޑަރު ވެސް ނުދޭ ކަމަށެވެ. އަދި ހިދުމަތް ފެށުމަށް ހަރަދުތައް ހަމަޖައްސާނެ ގޮތެއް ވެސް ނުނިންމާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުން ވަނީ ރޭ ހުޅުމާލޭގައި އިހުތިޖާޖުކޮށްފަ އެވެ. އެ އިހުތިޖާޖުގައި ބައިވެރިވި ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް ބޭއްވި 25 ޓެކްސީއެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް