ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ދެމެހެއްޓެނިވި ޓޫރިޒަމް އަދި މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ ކަމަށެވެ.
ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި)އިން ބުނީ މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ފައިނޭންސިންގ އާއި ޓެކްނޮލޮޖީ ޓްރާންސްފަރގެ ގޮތުން ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވާކަން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ކަމަށެވެ.
އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު މި ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.