ads
އިއްޔެގެ އަލިފާނުގެ ހާދިސާ
އަލިފާނުގައި ގެއްލުންވި މިނިސްޓްރީތައް ދަރުބާރުގެއަށް
އިއްޔެ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތައް ދަރުބާރުގެ ވަގުތީ ގޮތުން ބަދަލުކުރަން ނިންމައިފިއެވެ.
Advertisement

ހައުސިން މިނިސްޓްރީއާ އިންފްރަސްޓަރަކްޗާ މިނިސްޓްރީން ހިންގާ އިމާރާތުގައި އަލިފާން ރޯވީ ހެނދުނު 07:15 ކަންހާއިރުއެވެ. ވަށައިގެން ޓިނު ޖަހާ ހަދާފައިވާ މި އިމާރާތުގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި އެންވަަޔަރަމަންޓް މިނިސްޓްރީއަށްވެސް ފެތުރި އެ މިނިސްޓްރީއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެެއް ވެފައެވެ. 

އަލިފާނުގެ ހާދިސާއެއްގެ ސަބަބުން މި ތިން މިނިސްޓްރީގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ. 

މި އޮފީސްތަކުގެ މަސައްކަތް ދަރުބާރުގެއަށް ވަގުތީ ގޮތުން ބަދަލުކުރަން ނިންމާ އެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އަންނަ އާދިއްތަ ދުވަސް ފެށެންވާއިރަށް ހިދުމަތް ދެވޭވަރަށް އޮފީސްތަކުގެ ސެޓަޕްތައް ހަދާ ނިންމާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

your imageމިނިސްޓްރީގެ އަލިފާނަށްފަހު ފެންނަން ހުރި ގޮތް 

އިއްޔެގެ އަލިފަނުގެ ހާދިސާގައި މި އިމާރާތްތަކާއި އިންވެގެންހުރި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަން ހިންގަމުންއައި އިމާރާތަށްވެސް ވަނީ ގެއްލުން ލިބިފައެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ވިހާ ކުދިންގެ ރަޖިސްޓްރީ ހެއްދުމުގެ ހިދުމަތް ދެމުން އައި ވައިޓަލް ސެކްޝަންގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ހުޅުމާލޭގައި ހުންނަ މާލެސިޓީ ކައުންސިލްގެ ހުޅުމާލޭގެ އޮފީހުންގައިކަމަށެވެ. 

އިއްޔެ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ހަތް ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނުކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް