ads
ބޯޓެއްގައި ދެ މަސް ވަންދެން ތާށިވެފައި ތިބި ރޮހިންޔާ ބަޔަކު ސަލާމަތްކޮށްފި
ކަނޑުމަތިވެފައި ތިބި 300 އަށްވުރެ ގިނަ ރޮހިންޔާ ރައްޔިތުންތަކެއް ބަންގަލަދޭޝުން ސަލާމަތްކޮށްފި އެވެ.

ބަންގްލަދޭޝްގެ ކޯސްޓްގާޑުން މިއަދު ބުނެފައިވާ ގޮތުގައި 396 ރޮހިންޔާ މީހުން ދަތުރުކުރަމުން ދިޔަ ބޯޓެއް ކަނޑުމަތިވެފައި ވަނިކޮށް ވަނީ ސަލާމަތް ކުރެވިފަ އެވެ. މި ބޯޓަކީ މެލޭޝިއާއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް ކަމަށާއި، ނަމަވެސް އެމީހުން ބޯޓުގަައި ތާށިވެފައި ތިބޭތާ ދެ މަސް ވެފައިވާ ކަމަށް ބޭރުގެ ހަބަރުތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. 

މި ބޯޓުގައި ތިބި މީހުން ވަނީ ބަނޑުހައިކަންމަތީ ހިކި އަނަރޫފަ ވެފައި ކަމަށް ވެސް ބަންގްލަދޭޝްގެ ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ. އަދި ބޯޓުގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ވެސް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ސަލާމަތް ކޮށްފައިވާ ބޯޓުގައި ތިބި މީހުންގެ ތެރެއިން 24 މީހުން ވަނީ މަރުވެފައި ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސިފައިން ދަނީ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހިންގަމުންނެވެ. މިޔަންމާއިން ރޮހިންޔާ މުސްލިމުންނަކީ އެ ގައުމުގެ ރައްޔިތުންގެ ގޮތުގައެއް ނުބަލައެވެ. 

އެމީހުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެއިން ވަންނާނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކުރިން އިއުލާންކުރައްވައިފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް