ads
އެމްބާޕޭ
އެމްބާޕޭއަށް އަނިޔާވެއްޖެ
ފްރާންސް، އަދި ރިއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ހަފްތާއެއްހާ ދުވަހު ނުކުޅެ ހުންނަން ޖެހޭނެއެވެ. އެމްބާޕޭއަށް އަނިޔާވީ،  ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އެޓްލާންޓާ އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމްބާޕޭ ލަނޑެއްވެސް ޖެހި އެ މެޗުގެ ފުރަތަމަ ހާފުގައި އެމްބާޕޭވަނީ ބަދަލުކޮށްފައެވެ.

ރެއާލް މެޑްރިޑްގެ މެޑިކަލް ޓީމާ ހަވާލާދީ ކްލަބުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްބާޕޭގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެކަމަށް އޭނާ ފަރުވާ ކުރަމުންދާ ކަމަށެވެ. އެމްބާޕޭ އަލުން ކުޅޭނީ ފަރުވާއަށް ފަހު އަނިޔާއިން މުޅިން ރަނގަޅުވެގެންނެވެ.

އެމްބާޕޭއަށް އަނިޔާވުމުގެ ސަބަބުން ލަލީގާގައި ރަޔޯ ވަލެކާނޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭނެއެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން އިންޓަރކޮންޓީނެންޓަލް ކަޕްގައި ވެސް އެމްބާޕޭ އަށް ނުކުޅެވޭނެއެވެ.

ރެއާލް މެޑްރިޑަށް އެމްބާޕޭ މިހާތަނަށް ކުޅުނު 22 މެޗުގައި އޭނާއަށް ޖެހިފައިވަނީ 12 ގޯލެވެ. މި ސީޒަނުގައި އަލަށް ރެއާލް މެޑްރިޑާއި ގުޅުނު އެމްބާޕޭއަށް އޭނާގެ އަސްލު ކުޅުން އެ ކްލަބުގެ ދެއްކޭގޮތް ވަނީ ނުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް