ސަވާދު މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓު ގައި ވާހަކަ ދައްކަވަމުންނެވެ.
"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.
"ނޭޝަން ޓޯކް"ގެ 8 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާ ގާނޫނު އަސާސީއާގެ ދަށުން ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް މުހައްމަދު ނަޝީދުގެ އެޑްމިނިސްޓްރޭޝަންގައި ބަންޑާރަ ނައިބުކަން ކުރެއްވި ޑރ. ސަވާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިޑްޓާމް އިލެކްޝަންއެއް ބޭއްވުން އެއީ އެންމެ ހަރުދަނާ އެއް "ސްޓެޕް" ކަމަށާއި ރިޔާސީ ދައުރުގެ މެދުތެރޭގައި މަޖިލީހުގެ މިޑްޓާމް އިލެކްޝަން އެއް ބޭއްވުން މުހިއްމު ކަމަށެވެ.
ސަވާދު ވިދާޅުވީ މި ފަދަ މިޑްޓާމް އިލެކްޝަނެއް އަންނަ ހިސާބުން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ފެށިގެން އެއައި ފުރަތަމަ ދެ އަހަރު ކަން ހިނގާ ދިޔަގޮތާއި މެދު ރައްޔިތުން ދެކޭ ގޮތް ސާފު ވާނެ ކަމަށެވެ، އަދި ރައްޔިތުންނަށް ބަސްބުނަން އެ ލިބުނީ އިތުރު ފުރުސަތެއް ކަމަށެވެ. ދެން ކެބިނެޓްގެ މުހިއްމު ނިންމުންތަކާއި މަޖިލީހުގެ މުހިއްމު މަސްވަރާތަކުގައި ރައްޔިތުން ޝާމިލް ކުރީމަ ލޯކަލް ގަވަމެންޓް ގެ އިތުރުން ރައްޔިތުން ވެސް ޝާމިލް ވާން ފަށާނެ ކަމަށެވެ.
ސަވާދު ވިދާޅުވީ މިޑްޓާމް އިލެކްޝަން އަކީވެސް ޒާތެއްގެ ރިފަރެންޑަމް އެއް ކަމަށާއި އިންތިހާއީ ޒަރީއާއެއް ގޮތުގައި ދުސްތޫރީ ނިޒާމް ގެ ތެރޭގައި އެކަހަލަ ކަމެއް ވެސް އޮންނަން ޖެހޭ ކަމަށެވެ. ސަވާދު އިތުރަށް ވިދާޅުވީ ދެ ބާރު އެކައްޗަކަށްވީމަ ދެން ރައްޔިތުންނަށް ހަމައެކަނި މާއްދާ 4 "ކިކިން" ކުރެވެން އަންނާނީ މިފަދަ ޕޮރެސެސްއެއްގެ ތެރެއިން ކަމަށް އިންޖިނިއަރިންގ ކުރަން ޖެހޭކަމަށެވެ.
ސަވާދު ވިދާޅުވީ ދައުލަތުގެ ހިންގުމުގެ އޮނިގަނޑުގެ ވާހަކަ ދައްކާއިރު އެއަށް މިސްރާބު ހިފެން ބަލަން އޮތީ ފެހި ގާނޫނު އަސާސީގެ ތަސައްވަރެއް ގޮތަށް ފެންނަން އޮތް ޖުމްހޫރީ ވެރިކަމެއްގައި ރިޔާސީ ނިޒާމެއް ގާއިމުކޮށް އެވެރިކަން ހިނގަމުން ދާގޮތް ކަމަަށެވެ. ބާރުތައް ހިމެނިފައި އޮންނަނީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނާއިރު، ދައުލަތަކީ މަސްނޫއީ ޝަހުޝެއް ކަމަށާއި ތަބީއީ ގޮތެއްގައި ޖަމާއަތެއް އުފެދޭ ރޫހަކުން އެބައިމީހުންގެ ސިޔާދަތީ އިސްތިގުލާލް އެއީ އަސްލު ބާރު ކަމަށެވެ.
ސަވާދު ވިދާޅުވީ ގާނޫން އަސާސީގެ މާއްދާ 4 ގައި ވެސް އޮންނަނީ ރައްޔިތުންގެ ބާރެއްގެ ވާހަކަ ކަމަށާއި އެހެން ވީމާ ދައުލަތުގެ އަސާސަކީ ރައްޔިތުންކަމުގައި ވާނަމަ، ފެހި ގާނޫނު އަސާސީގައި މި ބުނާ ޖުމްހޫރީ ވެރިކަމަކާއި ޑިމޮކްރެޓިކް ވެރިކަމަކާއި ރިޔާސީ ވެރިކަމަކާއި މި ތިން އެތި ގުޅުވައިދޭ އެއްޗަކީ ވެސް "ރައްޔިތުންގެ ބާރު" ކަމަށެވެ.
ސަވާދު ވިދާޅުވީ ރާއްޖޭގައި މިއަދު މިއޮތް ހާލަތުގައި ކުރިމަތިވެގެން އުޅޭ މައްސަލަތަކުގައި ބާރާއި ޒިންމާއާއި ދެމެދު އެޅިފަ މިއޮތް ބުރިޖަކީ ކިހާވަރެއްގެ ޒިންމާ އެއް އެޅިފައި އޮތް ބުރިޖެއްބާއޭ ނުވަތަ ކިހާ ވަރެއްގެ ފަންކުޝަނަލިޓީ ބުރި ޖެއްބާއޭ ސުވާލު އުފެދޭ ކަމަށެވެ.
މި ސުވާލަށް ކުޑަ ސާފުކަމެއް ލިބިގެން ދާނީ ބާރުގެ މަސްދަރަށް ވިސްނާ އެ މަސްދަރުން އުފެދިގެން ބާރު ދައުރުވާން އޮންނަ މަގަކީ ދުސްތޫރީ ގޮތުން ކިހިނެއް ކަނޑައެޅިފައި އޮތް އެއްޗެއްތޯ ބެލީމަ ކަމަށެވެ. މިއަދު މި ދިމާވާ މައްސަލަ ތަކަށް ކިހާވަރަކަށްތޯ ބާރު ވެރިޔާ ބާރު ދެނީ، އެފަރާތައް ބާރު ގެ ޒިންމާ އަދާކުރެވެނީ، ބާރުވެރިޔާ އަށް ކިހާވަރަކަށްތޯ، ބާރު ބޭނުން ކުރާ ފަރާތްތަށް ޒިންމާދާރު ކުރެވެނީ، މި ހުރީ ހުސް ވިސްނަން ޖެހޭ ކަންކަން ކަމަށެވެ. އަދި "ޒިންމާ"ގެ ވަރަށް މުހިއްމު ދައުރެއް މިކަމުގައި ހިމެނޭ ކަމަށެވެ.
ސަވާދު ވިދާޅުވީ ފެހި ގާނޫނު އަސާސީގެ ދަށުން މި އުފެދުނު ސަރުކާރު ތަކުން ދައުލަތް ހިންގަނީ ސަރުކާރުން ކަމަށާއި ދައުލަތުގެ ހިންގުމުގެ ބާރު ސަރުކާރަށް އޮންނައިރު ސަރުކާރު އުފެދިގެން މި އަންނަނީ އިންތިހާބެއްގެ ތެރެއިން ކަމަށާއި ރައްޔިތުން ވޯޓުލާ ނިމުމުން އަގުލަބިއްޔަތު ލިބޭ ފަރާތައް ސަރުކާރު ހިންގުމުގެ ބާރު ލިބޭ ކަމަށެވެ.
އެއަށް ފަހު ސަރުކާރު ޒިންމާދާރުކުރަން އުފަންވާ ގާނޫނު ހަދާ ބާރު ވެސް އަންނަނީ ސީދާ ރައްޔިތުންގެ ވޯޓުން އިންތިހާބީ މަރުހަލާ ތަކަކުން އުފެދިގެން ކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާ އާއި އެކު އުފެދޭ ސަރުކާރުގެ ކެބިނެޓް ނުވަތަ ރައީސުލްޖުމުހޫރިއްޔާގެ ކެބިނެޓަކީ ހިންގުމުގެ ބާރުގެ އެންމެ ސެންޓަރ، ކަމަށާއި ދެން މި އޮންނަނީ، މަޖީލީހުން ރައީސުލްޖުމުހޫރިއްޔާ އާ ކެބިނެޓާ ޒިންމާދާރު ކުރުވުން ކަމަށެވެ.
ސަވާދު ދެން އުފެއްދެވީ ސުވާލެކެވެ، ވިދާޅުވީ މަޖިލިސް ޒިންމާދާރުކުރުމާއި ރައީސް އަދި ކެބިނެޓް ޒިންމާދާރު ކުރުވުމުގެ ދައުރެއް ރައްޔިތުންނަށް ލިބިފައި އޮންނަނީ ކިހާވަރަކަށްތޯ އެވެ.؟
ގާނޫނު އަސާސީގެ 4 ވަނަ މާއްދާގަ ބުނަނީ "ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައެވެ"
ސަވާދު އިތުރަށް ވިދާޅުވީ މާއްދާ 4 ގައި އެބުނާ މަސްދަރަކީ ރައްޔިތުން ކަމަށް ވާއިރު، އެ މަސްދަރުގައި ހިމެނޭ ބާރު ފަންކުޝަނަލް ވަނީ އިންތިހާބެއްގެ ތެރެއިން ކަން ސާފުވާ ކަމަށެވެ. އެހެން ކަމުން ހިންގުމުގެ މިހާރު ގެ އޮނިގަނޑަކަށް ބަލާއިރު ޖުމުހޫރީ، ޑިމޮކްރެޓިކް، ރިޔާސީ ނިޒާމެއްގައި ޖެނެރަލް އިލެކްޝަނަކުން އުފަންވާ ސަރުކާރަކާއި މަޖިލީހަކާއި ދައުލަތުގެ މި ދެ ގުނަވަނުގެ ތެރޭގައި ރައްޔިތުންގެ ކިހާ ބޮޑު ތަމްސީލެއް ހަގީގަތުގައި އޮވޭ ތޯ މީ މިއަދު އުފަންދަން ޖެހިފަ އޮތް އިތުރު ސުވާލެއް ކަމަށެވެ.
މި ސުވާލު އުފައްދަން ޖެހޭ ސަބަބެއްގެ ގޮތުން ސަވާދު ވިދާޅުވީ ދިވެހި ދައުލަތް 2008 ން ފެށިގެން ހިނގާދިޔަ އިންތިހާބު ތަކުން ހޮވިގެން އައި ސަރުކާރުތަކުން، ދިވެހި ދައުލަތް ހިންގަމުން އައި ގޮތާއި ބެހޭ ގޮތުން ވަރަށް ގިނަ ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަމާއި އަދި ބޮޑެތި ސުވާލުތައް އުފެދިފައި ވުމެވެ.
މި ނިމުނު 16 އަހަރުގެ ތެރޭގައި ދައުލަތެއްގެ ތެރެއިން އުފެދުނު ބޮޑެތި ސިޔާސީ ކަންތައްތައް ނުވަަތަ ކޯޅުން ތަކުގެ ތެރެއިން އުފަންވި ގާނޫނީ ދެބަސްވުންތަކާއި ހުސްކަމުގެ ތެރެއިން ރައްޔިތުން ބުނަމުން ދިޔައީ އެމީހުން ނުރުހޭ ކަންކަން އެބަ ހުރި ކަމަށެވެ. މީގެ އެއް މިސާލަކަށް ސަވާދު ނެންގެވީ ފެހި ގާނޫނު އަސާސީގެ ދަށުން މިހާތަނަށް އިންތިހާބުވި އެއްވެސް ސަރުކާރަކަށް ދެ ވަނަ ދައުރެއް ރައްޔިތުން ދީފަ ނުވާ ކަމެވެ. އަނެއްކާ ވެސް ރައްޔިތުން އިންތިހާބުތައް މިނެކިރާ ފައި ފަސް އަހަރު ފަހުން އާ މީހަކަށް ނުވަތަ އާ ސަރުކާރެއް ހޮވާ ކަމަށް ސަވާދު ފާހަގަކުރެއްވި އެވެ.
ސަވާދު ވިދާޅުވީ ދުސްތޫރީ ތަސައްވަރުގައި ރިޔާސީ ދައުރެއް އެއީ ކަނޑައެޅިގެން އޮންނަ އެއްޗެއް ކަމަށާއި ނަމަވެސް ދުސްތޫރު މި ތަސައްވަރުކުރާ ނިޔަތަކީ އިންތިހާބުވާ ފަރާތުން ދައުލަތުގެ ސަރުކާރު ހިންގާނީ ރައްޔިތުންގެ މަންފާއަށްޓަކައި ކަމަށް ވިޔަސް އެ ނިޔަތާއި ހިލާފު ވިޔަސް މާއްދާ 4 ގައި މި އޮންނަ ބާރު މި ވަގުތު ބޭނުން މި ކުރެވޭނީ 5 އަހަރުން އެއް ފަހަރު ކަމަށެވެ.