ފަތްކޮޅު އެރުވުން އޮތީ ޗައިނާގެ ވެރިތަށް ބެއިޖިންގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޑރ ފަޒީލް ނަޖީބަކީ ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފަސްވަނަ ސަފީރެވެ.
ފަތްކޮޅު އެރުވުމަށްފަހު ސަފީރު ފަޒީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުން ގެ ފަރާތުން ޗައިނާގެ ރައީސް ޝީ އަށާއި ޗައިނާގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ޑރ. ފަޒީލް ނަޖީބް ސަފީރު ކަމުގެ ފަތްކޮޅު އެރުވުމަށް ބެއްވި ރަސްމިއްޔާތުގައި އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަކުން އާމިނަތު ފަރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރު 1972 ގައެވެ.