ކޮޅުފުށީގައި ޑްރައިވިން ލައިސަންސް ޓްރެކް ހުޅުވާ ދިނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ނިޝާނެވެ.
ޓްރާންސްޕޯތް މިނިސްޓްރީން ބުނީ ކޮޅުފުށީގައި ހުޅުވި ޑްރައިވިން ލައިސަންސް ޓްރެކާއި އެކު އެ ރަށުން ލައިސަނަސް ކާޑު ދޫކުރަން ފަށާނެކަމަށެވެ. އެގޮތުން އާ ލައިސަންސް ޓްރެކްއާއިއެކު، މުލަކަތޮޅު ކޮޅުފުށިން 'އޭ' ކެޓަގަރީގެ ޑްރައިވިން ލައިސަންސް ކާޑު ދޫކުރުމުގެ ހިދުމަތް ލިބެމުންދާނެކަމަށް ޓްރާންސްޕޯތް މިނިސްޓްރީން ބުނެއެވެ.
ކޮޅުފުށީގައި ޑްރައިވިން ލައިސަންސް ޓްރެކެއް ހުޅުވުމުގެ ތެރެއިން
މިނިސްޓްރީން ބުނީ މިއީ އަތޮޅުތެރޭގައި މިފަދަ ހިދުމަތެއް ފޯރުކޮށް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.