ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކްލަބް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އަތުން އެޗްޑީސީ ބަލިވީ ސީދާ ތިން ސެޓުންނެވެ. ހެލްޕް ނޭޕާލް ޓީމާ ދެކޮޅަށް އެޗްޑީސީން ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 16-25، 18-25 އަދި 21-25 ންނެވެ. އެޗްޑީސީން ދެން ކުޅޭނީ ތިންވަނަ ހޮވާ މެޗުގައެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީ އިންވަނީ ނޭޕާލުގެ ގަންޑާކީއާ ދެކޮޅަށް ކުޅެ މޮޅުވެފައެވެ.