މެންޗެސްޓާ ސިޓީގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މީހާއިލް ކަވެލަޝްވިލީ، ޖޯޖިއާގެ ދެން އިންތިހާބު ކުރެވޭ ރައީސަކަށް ވާން ހަމަޖެހިފައިވަނީ ސަރުކާރު ހިންގާ ޕާޓީން އެ ޕާޓީގެ ކެންޑިޑޭޓަކަށް އޭނާ ހޮވުމުންނެވެ. ޖޯޖިއާގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު މީހާއިލް އާ ރައީސްއަކަށް ވެގެންދާނީ ވެރިކަން ކުރާ ޖޯޖިއަން ޑްރީމް ޕާޓީގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ 300 ގޮނޑީގެ އިލެކްޓޯރަލް ކޮލެޖުންނެވެ.
އަކީ 90ގެ ތެރޭގައި ސިޓީއަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާވަނީ ސްވިޓްޒަލެންޑްގެ ބައެއް ކްލަބުތަކަށްވެސް ކުރިން ކުޅެފައެވެ. އޭނާ ޖޯޖިއާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. އޭނާގެ މިހާރުގެ އުމުރަކީ 53 އަހަރެވެ.