ads
ސުނީތާ އަލީ--
ސުނީތާ ރަށުގައި މާމައަށް އެހީވަނީ
ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ އަކީ ދެވަނައެއް ނެތް ފަދަ ތަރިއެކެވެ. އެތައް ދިވެހިންނެއްގެ "ފޭވަރިޓަކަށް" ސުނީތާ ވަނީ ވެފަ އެވެ.

އޭނާގެ ހުނަރުވެރި ނެށުންތަކާއެކު، ހޮލީވުޑާއި ބޮލީވުޑުގެ ތަރި ޕްރިޔަންކާ ޗޯޕްރާއަށް އޭނާގެ ހިތުގައި އޮންނަ ލޯބީގެ ސަބަބުން ވެސް ސުނީތާގެ މަގްބޫލުކަން ވަރަށް ބޮޑެވެ. 

ސުނީތާއަކީ ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތެރި ފަންނާނެކެވެ. ދާދި ފަހުން އޭނާ ވަނީ ކޮވިޑް-19 އާ ގުޅިގެން ފޭނުންނަށް ހާއްސަ މެސެޖެއް ވީޑިއޯގެ ޒަރިއްޔާއިން ހިއްސާކޮށްފަ އެވެ. 

އެ ވީޑިއޯގައި ސުނީތާ އެދިފައި ވަނީ މި ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ އެންމެން ވެސް ގޭގައި ތިބުމަށެވެ. 

މި ފަހަރު ސުނީތާ ހިއްސާކޮށްފައި މި ވަނީ ތަފާތު ވީޑިއޯ އެކެވެ. މިއަދު އާއްމުކުރި އެ ވީޑިއޯގައި ފެނިގެން ދަނީ އުމުރުން ދުވަސްވީ އަންހެނަކަށް އެހީވުމުގައި ސުނީތާ އުޅޭ މަންޒަރެވެ. 

އެ ވީޑިއޯ އާއެކު ސުނީތާ ބުނެފައި ވަނީ އުފަން ރަށް އއ. އުކުޅަހުގައި އޭނާގެ މާމައަށް އެހީ ވަނީ ކަމަށެވެ. މީގެ ކުރިން ވެސް ސުނީތާ ވަނީ މިފަދަ ތަފާތު ކަންކަން ފޭނުންނާ ހިއްސާކޮށްފަ އެވެ. 

އެގޮތުން އޭނާ ވަނީ މަންމަ ރަށުގައި އުފައްދަމުން ދިޔަ ކާށި ތެޔޮ "ސުނީޒް ސްޕެޝަލް ކޮކޮނަޓް އޮއިލް" ގެ ނަމުގައި ވިއްކާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް