ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޮވި މެޗުން ރާއްޖޭގެ ކްލަބް އެޗްޑީސީ، ބަލިވީ އީރާނުގެ ޗަދޯރުމަލޫ އަތުން ސީދާ ތިން ސެޓުންނެވެ. އެއީ 25-21، 27-25 އަދި 27-25 އިންނެވެ.
ފަސް ޓީމާ އެކު ރައުންޑް ރޮބިން އުސޫލުން ކުޅުނު މި މުބާރާތުގައި އެޗްޑީސީން ވަނީ ފުރަތަމަ މެޗުން މޮޅުވެފައެވެ. ނަމަވެސް ފަހުން ކުޅުނު ހުރިހާ މެޗަކުން އެޗްޑީސީ ވީ ބައްޔެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 3-1 ސެޓުން ހެލްޕް ނޭޕާލް ބަލިކުރި ކަލިކަޓް ހީރޯސް އެވެ.