ads
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭ ގޮތް ހަދައިފި
އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ އާއި ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ބަހާލައިގެން ދެއްކުމުގެ ފުރުުސަތު ދޭން ނިންމައިފިއެވެ.
Advertisement

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދެއް އެކުލަވާލާ އާއްމުކޮށްފައެވެ. މި ގަވައިދަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

މި ގަވައިދުގައި ބުނާގޮތުން އެ ގަވައިދު ހެދުމުގެ މަގުސަދަކީ  އެއްގަމުގައި ދުއްވާ އުޅަނދުތަކާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތައް ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ އަހަރީ ފީ އާއި އަހަރީ ފީ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ފައިސާއާއި އަދި އެނޫންވެސް ޖޫރިމަނާގެ ތެރެއިން ދައުލަތަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ އެކީ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއްގައި އެ ފައިސާ ދައުލަތަށް ދެއްކޭނެ މަގު ފަހިކޮށްދިނުންކަމަށެވެ. 

ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭ ޝަރުތުތައް 

  • ދައްކަންޖެހި ނުދައްކާހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ އިތުރުވުން 
  • އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަޑި ފާއިތުވެފައިވާ ފައިސާއަކަށް ވުން 
  • ފައިސާ ބަހާލައިގެން ދެއްކުމަށް އެދުން 
  • މީގެ ކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުން 
  • އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތަށް ވުން

މި ގަވައިދު ބުނާ ގޮތުން އަހަރީ ފީ އާއި ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ބަހާލައިގެން ދެއްކުމަށް ފުރުސަތު ލިބޭނީ އެކަމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ފޯމެއް މެދުވެރިކޮށް އެދުމުންނެވެ. 

ފައިސާދެއްކުން ބަހާލަން އެދުމުން އެކަމަށް ޝަރުތު ހަމަވާނަމަ ފޯމު ލިބޭތާ ގިނަވަގެން 10 ދުވަހުގެ ތެރޭގައި ކޮމިޓްމަންޓް ފީއެއް މިނިސްޓްރީން ކަނޑައަޅާނެކަމަށް މި ގަވައިދުގައިވެއެވެ. އަދި އެ ފައިސާ ދައްކަން ލިބޭ ލިބޭ 14 ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ފުރުސަތު ގެއްލޭނެ ކަމަށް މި ގަވައިދުގައިވެއެވެ.

ބަހާލައިގެން ފައިސާ ދައްކަން ސޮއިކުރާ އެއްބަސްވުމާއި އެއްގޮތަށް މަގުބޫލު އުޒުރެއްނެތި ފައިސާ ނުދައްކާތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ އެއްބަސްވުން ބާތިލުކުރުމުގެ ބާރު މި ގަވައިދުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަނީ ދީީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް