ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ދަތުރުތައް އިތުރުކޮށްފި
މުހައްމަދު އާދަމް އަހްމަދު
15 ޑިސެމްބަރ 2024 - 17:02:27
ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
މި ހަފްތާގެ ބަންދާއި އެކު ސްކޫލްތަކުގެ ޗުއްޓީ ފެށޭނެ އެވެ. ޗުއްޓީއަށް ފަހު އަލުން ސްކޫލްތައް ހުޅުވޭނީ އަންނަ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ އެ އެއާލައިނުން ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރާއިރު ޗުއްޓީއާ ދިމާކޮށްް ދަތުރުތައް އިތުރުކޮށްފައިވާކަމަށެވެ. އަދި މިހާރު އެ ދަތުރުތަކަށް ޓިކެޓް ބުކް ކުރެވޭނެކަމަށްވެސް މޯލްޑިވިއަނުން ބުނެ އެވެ.
ދަތުރުތައް އިތުރުކޮށްފައިވާ ގޮތް
- ހއ. ހޯރަފުއްޓަށް މިމަހުގެ 16 އަދި 18 ވަނަ ދުވަހު
- ހދ ކުޅުދުށްފުއްޓަށް މިމަހުގެ 17 ވަނަދުވަހު
- ހދ. ހަނިމާދޫއަށް މިމަހުގެ 19 ވަނަ ދުވަހު
- ށ. ފުނަދޫއަށް މިމަހުގެ 17 އަދި 20 ވަނަދުވަހު
- ބ. ދަރަވަންދޫއަށް މިމަހުގެ 19 ވަނަދުވަހު
- ގދ. ފަރެސްމާތޮޑާއަށް މިމަހުގެ 18 ވަނަ ދުވަހު
- ގދ. ކައްދޫއަށް މިމަހުގެ 17 އަދި 18 ވަނަދުވަހު
- ގދ. މާވާރުލު: މި މަހުގެ 20ގައި އިތުރު ދަތުރެއް އޮންނާނެ
- ފުވައްމުލަކަށް މިމަހުގެ 16، 17 އަދި 19 ވަނަ ދުވަހު
- އައްޑޫ ސިޓީ ގަމަށް މި މަހުގެ 16 ވަނަދުވަހު އަދި 18، 19ގައި ކޮންމެ ދުވަހަކު އިތުރު ދެ ދަތުރު
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އަބަދު ވެސް އިތުރު ކުރެ އެވެ. ރާއްޖޭން ބޭރުން، އިންޑިއާގެ ކޮޗިން އާއި ޓްރެވިންޑްރަމްއަށް އަދި ރާއްޖޭގެ އެތެރޭގެ ޑިމާންޑު ބޮޑު އެހެން މަންޒިލުތަކަށް ޗުއްޓީ ތެރޭ އެ އެއާލައިނުން ކުރާ ދަތުރުތައް އިތުރު ކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް