ޕޮގްބާއަށް އައިސްފައިވާ ސަސްޕެންޝަން ނިމި، އަލުން އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ މާޗު މަހުއެވެ. އޭނާ އެންމެ ފަހުން ހުރި ކްލަބު ކަމަށްވާ އިޓަލީގެ ޔުވެންޓަސްއިން އޭނާގެ ކޮންޓްރެކްޓް ބާތިލުކޮށްފައިވާއިރު، ދަ މިރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕޮގްބާ ގެންނަން ސިޓީންވަނީ ޝައުގުވެރިކަންފާޅުކޮށްފައެވެ.
ޕޮގްބާއަކީ ކުރިން ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިއަކަށްވުމުން ވާދަވެރި ސިޓީއަށް ދިޔުމަށް އޭނާއަށް އުނދަގޫތަކެއް ހުރި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
މި ވަގުތު އުނދަގޫ ހާލަތެއްގައި އޮތް ސިޓީއަށް ޕޮގްބާ ގެންނަށް އުޅޭ ކަމަށް ރަސްމީކޮށް އަދި ހާމަ ނުކުރިއަސް، އެއީ ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވިފައިވާ ކަމެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ޕޮގްބާވެސް އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.