
2021 ވަނަ އަހަރު ރިލީޒްކުރި "ސްކުއިޑް ގޭމް" އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެތައް ދުވަހެއް ވަންދެން ޗާޓްތަކުގެ ކުރީގައި އެ ސީރީޒް ވަނީ ނެޓްފްލިކްސް އިން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ޝޯތަކުގެ ތެރޭގައިވެސް ހިމެނިފައެވެ.
މީގެ ދެވަނަ ބަޔަކަށް ގިނނަ ބަޔަކު ކުރިން އިންތިޒާރު މިހާރު މިވަނީ ނިމުމަކަށް އައިސްފައެވެ. ސީރީޒް ދެކުނު ކޮރެއާއާއި އެމެރިކާގައި ރިލީޒްކޮށްފައިވާއިރު ސީރީޒް ނެޓްފިލްކްސްއަށް އަންނާނެ ތާރީހުވެސް މިހާރު މިވަނީ އިއުލާންކޮށްފައެވެ.
ޕްރޮޑަކްޝަން ޓީމުން ބުނީ "ސްކުއިޑް ގޭމް" ސީޒަން 2 މިމަހުގެ 26 ވަނަ ދުވަހު ނެޓްފިލްސްގައި ރިލީޒް ކުރާނެކަމަށެވެ.
ފުރާނަ އަށް ނުރައްކާތެރި ގޭމްތަކެއް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" ލީޑް ރޯލުން ފެންނަނީ ފުރަތަމަ ސީޒަންގައި ވެސް ލީޑު ރޯލު ކުޅުނު ލީ އުންޖޭއެވެ. ސީޒަން 2 ގައި ދައްކަނީ "ސްކުއިޑް ގޭމް" އުފެއްދި މީހާ ހޯދުމަށް އޭނާ ކުރާ މަސައްކަތެވެ.
"ސްކުއިޑް ގޭމް" އިތުރު ސީޒަންއެއް އަންނަ އަހަރު 2025 ގައި ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. އަންނަ އަހަރު ރިލީޒްކުރާނީ އެ ސީރީޒްގެ ފަހު ސީޒަންކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.