އިލެކްޝަންސް ކޮމިޝަނުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނުގެ މެންބަރުކަމަށް ޢަބްދުލްހަސީބު އިސްމާއީލް ޢައްޔަނު ކުރައްވީ މިއަދު ކަމަށެވެ.
ހަސީބު ވަނީ އިސްލާމިކް މިނިސްޓްރީގްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުއްވާފަ އެވެ. އެހެން ނަމަވެސް ސުލޫކީ މައްސަލަތަކެއް ހުރިކަމަށް ބުނެ 2021 ވަނަ އަހަރުގެ ފަހު ކޮޅު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. ހަސީބު އެންމެފަހުން ހުންނެވީ އިލްކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމުގަ އެވެ.
އިސީ މެމްބަރުކަމަށް ހަސީބް އައްޔަންކޮށްފައި މިވަނީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވެ ކޮމިޝަނުން ވަކިވުމުންނެވެ.
ފުއާދު އިސީގެ ދައުރު ހަމަވުމުން އޭނާ ވަނީ ތައިލޭންޑްގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރަން ނިންމާފަ އެވެ.