ދިވެހި ސަރުކާރުން ބުނީ އިސްރާއީލުން މި ނިންމި ނިންމުމަކީ އދ. ގެ ސެކިއުރިޓީ ކައުންސިލް އަދި ޖެނެރަލް އެސެމްބްލީގެ ގަރާރުތަކާ ހިލާފު ކަމެއް ކަމަށެވެ. އަދި މި ސަރަހައްދުގައި އަމަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ސީރިއާގެ މިނިވަންކަމާއި އެ ގައުމުގެ ސަލާމަތަށް ދިވެހިން ތާއީދުކުރާ ކަމަށާއި، އެ ގައުމުގައި އަމަން ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ދިވެހިން ތާއީދުކުރާ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުން ގޮވާލީ އިސްރާއީލުން ސީރިއާގެ ސަރަހައްދުގައި ހިންގާ ހަރަކާތްތައް ހުއްޓާލުމަށާއި، 1967 އިން ފެށިގެން އިސްރާއީލުން އަތުލައިގެން އުޅޭ ގޯލަން ހައިޓްސް އަނބުރާ ދޫކޮށްލުމަށެވެ. އަދި އދ. ގެ ގަރާރުތަކަށް އިސްރާއީލުން އިހުތިރާމު ކުރުމަށް ވެސް ގޮވާލައިފައިވެ އެވެ.
މުހިއްމު ނުކުތާތައް: