ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފުއާދު ތައުފީގަށް މަގާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ އެވެ.
ތައިލެންޑުގެ ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ފުއާދު ތައުފީގު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަ އެޓް ލާޖުގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.