މިކަން މިހެން ހަމަޖެހުނީ ޖެނުއަރީ 2 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖެއްސެވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ މި ނިންމުން ނިންމެވީ އާ އަހަރު ފެށޭ ދުވަސް ކަމަށްވާ ޖެނުއަރީ 1 އަކީ ސަރުކާރު ބަންދު ދުވަހަކަށް ވެފައި، ޖެނުއަރީ 2 އަކީ ބުރާސްފަތި ދުވަހަކަށް ވާތީ، މުވައްޒަފުންނަށް މެދުނުކެނޑި ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.
މި ނިންމުމާ ގުޅިގެން ސަރުކާރު މުވައްޒަފުންނަށް ޖެނުއަރީ 1 އިން ފެށިގެން ޖެނުއަރީ 4 އާ ހަމައަށް ބަންދު ލިބިގެންދާނެ އެވެ. އަދި މަސައްކަތް ފެށޭނީ ޖެނުއަރީ 5 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.