ރާޖް ކަޕޫރުގެ 100 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވުނު މި ބައްދަލުވުމުގައި، ބޮޑުވަޒީރު މޯދީ ވަނީ ސައިފްގެ ދެ ދަރިން ކަމުގައިވާ ތައިމޫރު އަދި ޖެހްއާ ބައްދަލުކުރަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ.
ކަރީނާ ކަޕޫރުގެ އެދުމުގެ ގެ މަތިން، ބޮޑުވަޒީރު ވަނީ އެމީހުންގެ ދަރިންނަށް ހާއްސަ މެސެޖެއް ވެސް ލިޔުއްވައިދެއްވާފައެވެ. މި ބައްދަލުވުމުގައި ސައިފްގެ މަންމަ ޝަރްމިލާ ޓެގޯރު އަދި ސައިފްގެ ބައްޕާ މަންސޫރު އަލީ ހާން ޕަޓައުޑީގެ ވާހަކަވެސް ދެކެވުނެވެ.
ބޮޑުވަޒީރުގެ މަސައްކަތްޕުޅުގެ ވާހަކަ ދައްކަވަމުން، ސައިފް ވިދާޅުވީ ރޭގަނޑު އެންމެ 3 ގަޑިއިރު ނިދާކަމަށް މޯދީ ވިދާޅުވިކަމަށެވެ. މި ބައްދަލުވުމަކީ ކަޕޫރު އާއިލާއަށް ވަރަށް ހާއްސަ ބައްދަލުވުމެއް ކަމުގައި ސައިފް ފާހަގަކުރެއްވިއެވެ.