ހައިޝަމްއަށް އަނިޔާވެފައި ވަނީ ޖެނުއަރީ މަހު ޕްރިމިއާ ލީގުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެއީ ސީރިއަސް އަނިޔާއެއް ކަމަށް އޭރު ނުބެލެވުނު ނަމަވެސް ފަހުން އެމްއާރުއައި ހެދުމުން ލިބިފައިވާ އަނިޔާ ފާހަގަވެ އޮޕަރޭޝަން ކުރީއެވެ. މާލޭގައި ކުރި އޮޕަރޭޝަނަށް ފަހު އޭނާއަށް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެއެވެ. ހައިޝަމްގެ އޮޕަރޭޝަން ކުރީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ހައިޝަމްގެ އިތުރުން ގައުމީ ޓީމުގެ ތަޖުރިބާކާރު ފޯވާޑް އަސަދުﷲ ޢަބްދުﷲގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ވެސް ވަނީ ދާދި ފަހުން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ.