ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑެވެލޮޕްމެންޓް މިނިސްޓްރީން ބުނީ މިހާރު ދަފްތަރުގައި ޖުމުލަ 2،116 ދަރިވަރުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނެވެ.
މި ދަފްތަރުގައި ހިމެނެނީ ބައިލެޓަރަލް ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންނާއި، ސަރުކާރު ސްކޮލަޝިޕްތަކުގައި ކިޔަވާ ދަރިވަރުންނާއި، ސަރުކާރު ލޯނު ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނެވެ. އަދި އަމިއްލަ ޚަރަދުގައި ކިޔަވާ ދަރިވަރުންވެސް މި ދަފްތަރުގައި ހިމެނެއެވެ.
މި ދަފްތަރު އެކުލަވާލީ މިއަހަރުގެ އޭޕްރިލް މަހުގައެވެ. މިނިސްޓްރީން ބުނީ މި ދަފްތަރުގެ ބޭނުމަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދުން ކަމަށެވެ.