ads
ބަންގާޅުގެ މިވަގުތުގެ ޗީފް އެޑްވައިޒަރު ޔޫނުސް
ބަންގްލަދޭޝްގެ އާންމު އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ޕްރެޝާ ބޮޑުވަނީ
170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ އާންމު އިންތިހާބު ބާއްވާނެ ތާރީހެއް ބުނެ ދިނުމަށް އެދި އާއްމު ރައްޔިތުން އެ ގައުމުގެ ވަގުތީ ލީޑަރު - ޗީފް އެޑްވައިޒަރަށް އައްޔަންކުރެއްވި ޔޫނުސްއަށް ޕްރެޝާ ބޮޑު ކުރަން ފަށައިފި އެވެ.
Advertisement

ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާގެ ވެރިކަން ވައްޓާލުމަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަރިވަރުން އިސްނަގައިގެން ކުރި ބޮޑެތި މުޒާހަރާތަކަށް ފަހު ގައުމުގެ "ޗީފް އެޑްވައިޒަރު" ގެ މަގާމަށް އައްޔަންކުރި ޔޫނުސް އަށް ވަނީ އިންތިހާބުގެ ތާރީހެއް ކަނޑައެޅުމަށް ޕްރެޝަރު ބޮޑުވެފަ އެވެ.

އުމުރުން 84 އަހަރުގެ ޔޫނުސްއަށް، މުޅި ގައުމުގެ ނިޒާމު އަލުން ކޮޅަށް ޖެހުމުގެ ޒިންމާ ހަވާލުވެފައި ވާއިރު އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މިއީ ގޮންޖެހުމެއް ބޮޑު ބުރަ މަސައްކަތެއް ކަމަށެވެ.

އެގޮތުން އިންތިހާބު ބާއްވާ ތާރީހެއް ކަނޑައަޅާނީ އިސްލާހީ މަސައްކަތްތައް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު އެއްބަސްވެވޭ ތާރީހެއްގައ ކަމަށް ޔޫނުސް ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުން އެއްބަސްވާނަމަ އިސްލާހީ މަސައްކަތުގެ ކުޑަ މިންވަރެއް ފުރިހަމަ ކުރުމަށްފަހު ވެސް އިންތިހާބު ބޭއްވިދާނެ. އެއީ ރަނގަޅު ވޯޓާސް ލިސްޓަކާ އެކީގައި،" އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ވޭކަރުއްޒަމާން މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވަނީ 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި ޑިމޮކްރަސީ އަލުން އިއާދަކުރަން ޖެހޭ ކަމަށެވެ. އޭނާ ވަނީ ދަރިވަރުންގެ މުޒާހަރާގައި ހަސީނާއަށް އެއްބާރުލުން ނުދީފަ އެވެ.

އަވާމީ ލީގާ އެއްވަރުގެ ބާރެެއް އޮންނަ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވެސް ވަނީ ވީހާ ވެސް އަވަހަކަށް އިންތިހާބު ބޭއްވުމަށް ގޮވާލަމުންނެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން އިންތިހާބެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހެވެ. ހަސީނާ ކާމިޔާބު ކުރެއްވި އެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއްް ނޫން ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކުރި އެވެ. ގިނަ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. 

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ގަނޑުވަރަށްވަދެ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށް، އުމުރުން 77 އަހަރުގެ ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ.

ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ގޮސްފައިވާއިރު، އެ ކަމަނާ ހައްޔަރު ކުރަން ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން ކޯޓު އަމުރެއް ވަނީ ނެރެފަ އެވެ. އަދި އެ ކަމަނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްއަކަށް ވެސް ބަންގްލަދޭޝް އިން ވަނީ އެދިފަ އެވެ.

ހަސީނާގެ 15 އަހަރު ވީ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސީރިއަސް އަމަލުތައް ހިންގާފައިވާއިރު، އޭގެ ތެރޭގައި ސިޔާސީ ވާދަވެރިން ބަންދުކުރުމާއި، ޝަރުއީ ހުކުމަކާނުލައި މީހުން މެރުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް