ގެއްލިގެން ހޯދަމުން އަންނަނީ ތ. މަޑިފުށި / ބޮންތި، އުމުރުން 34 އަހަރުގެ ސަން ނިހާލުއެވެ.
ފުލުހުން ބުނީ މީނާގެ ހަބަރެއް ނުވެގެން އާއިލާއަށް ގެއްލިފައިވާ ކަމަށް ބުނެ ރިޕޯޓްކުރީ މިދިޔަ އާދިއްތަ ދުވަހުގެރޭ 20:07 އެހައިކަންހާއިރުކަމަށެވެ.
މީނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ހަސަން ނިހާލުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ތ. މަޑިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9868475 އަށް ގުޅާ އެކަން އަންގާ ދިނުމަށް ފުލުހުން އެދެއެވެ.