
ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އާލާތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖަޕާނުގެ ސަފީރު ތަކެއުޗީ މިދޯރީ އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި އާލާތްތަކާ ހަވާލުވެލެއްވީ ދިފާއީ މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އެވެ.
ދިފާއީ މިނިސްޓަރު ވިދާޅުވީ މި އާލާތްތަކުގެ ސަބަބުން ކަނޑުމަތީގެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަހަށް އަދި ހަރުދަނާކަމާއެކު ހަރަކާތްތެރިވުމުގައި ކޯސްޓްގާޑުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކޯސްޓްގާޑުގެ އުޅަނދުފަހަރާއި، އޮޕަރޭޝަނަލް އާލާތްތަކާއި، ހިދުމަތްތައް ދެގުނަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ކޯސްޓްގާޑުގެ ކޮމާންޑަންޓް، ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ސަލީމާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޖަޕާނުގެ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވި އެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހަލާ ހަމީދުވެސް ބައިވެރިވި އެވެ.