ads
އިންތިހާބެއްގައި އީސީގެ އޮފިޝަލަކު
ވޭވަށު އިންތިހާބުގެ މައްސަލަ މިއަދު ނިންމަނީ
މ. ވޭވަށު ކައުންސިލްގެ އިންތިހާބުގެ މައްސަލަ ނިންމަން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
Advertisement

މި މައްސަލަ ސުޕްރީމް ކޯޓުން ނިންމަން ތާވަލުކޮށްފައި އޮތީ ހެނދުނު 10:30 އަށެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ހުސެއިން ޝަހީދު އަދި މުހައްމަދު ސަލީމްއެވެ.

މިއީ، މ. ވޭވަށު ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮނޑި، ހައިކޯޓުގެ ހުކުމަކާއެކު ޕީއެންސީ ކެންޑިޑޭޓަކަށް ލިބުނު މައްސަލައިގެ އިސްތިއުނާފެވެ.

ވޭވަށު ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުން ވޭވަށުގެ ވޯޓު އަލުން ގުނާފައިވެއެވެ. އެއީ، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;