ads
ސީނިއާ ސާޖަންޓް އަހްމަދު އާސިފް.
ޑްރަގް އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ
އއ. ހިމަންދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
Advertisement

ފުލުހުން ބުނީ އެ ފުލުހަކީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހެއްކަމަށެވެ. އަދި އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް އޭނާ ފެނުނީ މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ. 

"... އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއެވެ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ. 

މަރުވެފައި އޮއްވައި ފެނުނީ އުމުރުން 33 އަހަރުގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފްއެވެ. އޭނާއަކީ އުލިގަމަށް އުފަން ޒުވާނެކެވެ. 

މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ނުދެއެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި އާސިފަކީ މާލޭގައި ޑްރަގް އެންފޯސްމަންޓު ޔުނިޓުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ފުލުހެކެވެ. އަދި އޭނާ ހިމަންދޫއަށް ދިޔައީ މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަން ހިންގަން މާލެ އިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;