މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން 256،197 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިދިޔަ އަހަރު ޗައިނާ އޮތީ ތިން ވަނައިގައެވެ.
މިދިޔަ އަހަރު އެއް ވަނައިގައި އޮތް އިންޑިއާ މި އަހަރު ވަނީ ހަ ވަނައަށް ވެއްޓިފައެވެ. މި އަހަރުގެ ދެ ވަނައިގައި ރަޝިއާ އޮތްއިރު، ތިން ވަނައިގައި އިނގިރޭސިވިލާތް އަދި ހަތަރު ވަނައިގައި ވަނީ ޖަރުމަނުވިލާތެވެ.
މި އަހަރުގެ ނިޔަލަށް ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެ އެވެ. މިހާތަނަށް 1.899،884 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ ވެސް މަތީ އަދަދެކެވެ.