ސެޕްޓެމްބަރު 2024 ގައި ފުރަތަމަ ދަރިފުޅު ލިބުނު މި ދެ ތަރިން އަދި އެއްވެސް ފޮޓޯއެއް އާންމުކޮށްފައި ނުވާއިރު، އެ ދެ މީހުންގެ ދަރިފުޅުގެ ކަމަށް ބުނެ ގިނަ އަދަދެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.
މި ފޮޓޯތަކާ ގުޅިގެން ގިނަ ބަޔަކު ދެކެނީ މިއީ އެ ދެ މީހުންގެ ދަރިފުޅުގެ ފޮޓޯތައް ކަމަށެވެ. ނަމަވެސް މިއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާލާފައިވާ ފޮޓޯތަކެއް ކަމަށް ވަނީ ކަށަވަރުވެފައެވެ.
ދީޕިކާ އާއި ރަންވީރު ވަނީ ދަރިފުޅު ލިބުނު ފަހުން އެއްވެސް ފޮޓޯއެއް އާންމުކޮށްފައި ނުވާ ކަމަށް ބުނެފައެވެ. އަދި ދީޕިކާ އެންމެ ފަހުން ފެނުނީ ބެންގަލޫރުގައި ބޭއްވި ދިލްޖިތް ދޮސަންޖްގެ ކޮންސަޓުގައެވެ.