ބީބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި އާމިރު ކާން ބުނީ އޭނާގެ އަމާޒަކީ އިތުރު ފިލްމުތައް އުފައްދައި، އާ ޓެލެންޓުތަކަށް ފުރުސަތު ދިނުން ކަމަށެވެ. އަދި އޭނާގެ ހުވަފެނުގެ މަޝްރޫއު ކަމަށްވާ މަހާބާރަތާ ފިލްމު އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ބުންޏެވެ.
އެކްޓަރެއްގެ ގޮތުން އާމިރު ކާން އާންމުކޮށް ކޮންމެ ދެތިން އަހަރަކުން އެއް ފިލްމެއް ކުޅެ އެވެ. ނަމަވެސް އޭނާގެ ފަހުގެ ފިލްމު "ލާލް ސިންގް ޗައްދާ" ބޮކްސް އޮފީހުގައި ކާމިޔާބު ނުވުމާ ގުޅިގެން އެކްޓިން އިން ވަގުތީ ގޮތުން މަޑުޖެހިލި އެވެ.
އާމިރު ކާން އަލުން އެކްޓިންގ އަށް އެނބުރި އަންނާނީ "ސިތާރޭ ޒަމީން ޕަރު" ފިލްމުންނެވެ. މި ފިލްމުގައި ދަރުޝީލް ސަފާރީ އާއި ޖެނީލިއާ ދޭޝްމުކް މައި ރޯލުތަކުގައި ފެނިގެންދާނެ އެވެ. އާރުއެސް ޕްރަސަންނާ ޑައިރެކްޓު ކުރާ މި ފިލްމަކީ 2018 ވަނަ އަހަރު އުފެއްދި ސްޕެނިޝް ފިލްމު "ޗެމްޕިއަންސް" އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމު 2025 ވަނަ އަހަރު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.