ފީފާގެ ދަ ބެސްޓް އެވޯޑްގައި ދޭ، ޕުސްކަސް އެވޯޑް މެންޗެސްޓާ ޔުނައިޓެޑްގެ ގާނާޗޯއަށް ލިބުމާއެކު އޭނާ ވެގެންދާނީ މި އެވޯޑް ހޯދި ޔުނައިޓެޑުގެ ދެވަނަ ކުޅުންތެރިޔާއަށެވެ. ކުރިން އެ އެވޯޑް ހޯދި ޔުނައިޓެޑުގެ ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
އެންމެ މޮޅު ގޯލް ހޮވަނީ، ޝޯޓް ލިސްޓް ކުރެވޭ 11 ލަނޑެއް ވޯޓުލާ ދެ ގްރޫޕަށް ދޫކޮށްލައިގެންނެވެ. އެއީ ސަޕޯޓަރުންނާއި ފީފާ ލެޖެންޑުންގެ ޕެނަލެކެވެ. މި ދެ ގްރޫޕުން އެންމެ މޮޅު ތިން ގޯލު ހޮވުމަށް ފަހު، ފަންސާސް ޕަސެންޓް އޭގެން، އަދި އިންޖިވިޖުއަލީ އެންމެ ގިނަ ޕޮއިންޓް ލިބޭ ގޯލު އެއީ މޮޅު ގޯލު ކަމަށް ބަލަނީއެވެ. ޕުސްކާސް އެވޯޑަށް ވޯޓުލުމުގެ އުސޫލު ސުޕަވައިޒް ކުރަނީ ފީފާއިން ކަނޑައަޅާ މިނިވަން އޮބްޒާވަރުންގެ ޓީމަކުންނެވެ.