ގެއްލިގެން ހޯދި ނިހާލް ދެ ދުވަސްފަހުން ގެއަށް އަތުވެއްޖެ
މުހައްމަދު އާދަމް އަހްމަދު
18 ޑިސެމްބަރ 2024 - 10:22:52
ތ. މަޑިފުށީ ޒުވާނަކު ގެއްލިގެން ހޯދުމަން ދިޔަ ޒުވާނާގެ ހަބަރެއް ވެއްޖެކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ތ. މަޑިފުށި / ބޮންތި، އުމުރުން 34 އަހަރުގެ ހަސަން ނިހާލުއެވެ.
ފުލުހުން ބުނީ އޭނާގެ ހަބަރެއް ނުވެގެން އާއިލާއަށް ގެއްލިފައިވާ ކަމަށް ބުނެ ރިޕޯޓްކުރީ މިދިޔަ އާދިއްތަ ދުވަހުގެރޭ 20:07 އެހައިކަންހާއިރުކަމަށެވެ.
ގެއްލިގެން ހޯދަމުން އަންނަތާ ދެ ދުވަސް ފަހުން މީނާގެ ފެނިފައިވާކަމަށް އާއިލާއިން އަންގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި ދިޔަ ދެ ދުވަހު އޭނާގެ ހަބަރެއް ނުވީ ކީއްވެގެންކަމެއް އެކަމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް