އެންވަޔަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުއާވިޔަތު މުހައްމަދު ވިދާޅުވީ މި ސަވޭއިން ލިބޭ މައުލޫމާތުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ތަރައްގީ ކުރުމަށާއި މޫސުމީ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ބޭނުންވާ ނިންމުންތައް ނިންމުމުގައި މުހިންމު ހެއްކެއް ކަމަށެވެ.
މި ސަވޭގައި އަލަށް ހިމަނާފައިވާ ބައިތަކުގެ ތެރޭގައި ޔޫއެންއެފްސީސީސީ އާއި ޕެރިސް އެގްރީމެންޓްގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހިމެނެ އެވެ. އަދި ރިސޯޓުތަކުން ހަކަތަ ބޭނުންކުރާ މިންވަރު އަހަރަކު އެއްފަހަރު ބެލުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ސީބީއައިޓީ މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މި ސަވޭގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގެ ފުރަތަމަ ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައުލޫމާތުގެ ހުސްކަން ފޫބެއްދުމެވެ. އަދި ޓޫރިޒަމް ދާއިރާއިން ހަކަތަ ބޭނުންކުރާ މިންވަރާއި އުފެދޭ ވިހަ ގޭސްތަކާ ގުޅޭ މައުލޫމާތު ހޯދުމެވެ.
- ރިސޯޓުތަކުން ހަކަތަ ބޭނުންކުރާ މިންވަރު އަހަރަކު އެއްފަހަރު ބަލާނެ
- ސަވޭގެ މައިގަނޑު އަމާޒަކީ ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ މައުލޫމާތުގެ ހުސްކަން ފޫބެއްދުން
- ސަވޭ ކުރިއަށް ގެންދަނީ އެމްބީއެސް އާއި އެންވަޔަމަންޓް މިނިސްޓްރީން ގުޅިގެން
- ސަވޭގެ ނަތީޖާތައް ބޭނުންކުރާނީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ތަރައްގީ ކުރުމަށް