
ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. އިލެކްޝަންޝް ކޮމިޝަނުން ބުނީ އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ 5 ސިޔާސީ ޕާޓީއެއްކަމަށެވެ. އެ ޕާޓީތަކަކީ،
1. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
2. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕަޓީ)
3. އަދާލަތު ޕާޓީ
4. ޖުމްހޫރީ ޕާޓީ
5. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލެޔަންސް (އެމް.ޑީ.އޭ)
މި ޕާޓީތަކުގައި މިވަގުތު މެންބަރުން ތިބި އަދަދެއް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. މިވަގުތު ފެންނަ މައުލޫމާތުތަކުން އެންމެ މެންބަރުން ގިނައީ އެމްޑީޕީގަ އެވެ. އެޕާޓީގައި 50،851 މެންބަރުން އެބަ ތިއްބެވެ. ކޮންގްރެސް ޕާޓީގައި 28،983 މެންބަރުން ތިބިއިރު ޖުމްހޫރީ ޕާޓީގައި 17،379 މެންބަރުން އެބަތިއްބެވެ.
ގާނޫނު ބުނާގޮތުން ފައިސާ ދޫކުރަން ޖެހެނީ ޑިސެމްބަރު 31 ގެ ނިޔަލަށް މެމްބަރުން ތިބި އަދަދަށް ބަލައި މެމްބަރުންގެ ނިސްބަތުންނެވެ.
ދައުލަތުގެ ބަޖެޓުން ހަ ސިޔާސީ ޕާޓީއަކަށް 44 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުން ވަނީ ދޫކޮށްފަ އެވެ.