މައްސަލަ ފާޅުވެގެން ދިޔައީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރީ އޮކްޓޯބަރު 27 ގައި ކޯޓު އަމުރަކާ އެކު އެވެ. ފުރަތަމަ 20 ދުވަހަށް ބަންދުކުރި އިރު، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކޮށްފައިވެ އެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ. މައްސަލައިގެ ތަހުގީގު ނިންމައި، ނޮވެމްބަރު 25 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ޓީޗަރަކީ އެ ސްކޫލުގައި ދިވެހި ކިޔަވައިދޭ މުދައްރިސެކެވެ. އަދި އޭނާ ދަރިވަރުން ގްރޫމްކުރަމުން އައިތާ އެތައް އަހަރެއް ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.