ads
ައަހްމަދު މޫސާ (އަންމަޓީ)
އައްމަޓީއަށް 14 ދުވަހަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދީފި
ހިޔާނާތުގެ އެތައް ދައުވާއެއް އުފުލިފައިވާ އަހުމަދު މޫސާ (އައްމަޓީ) އަށް 14 ދުވަހުގެ މުއްދަތަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފި އެވެ.
Advertisement

ކްރިމިނަލް ކޯޓުން ބުނީ އައްމަޓީ ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނީ އޭނާގެ ފަރާތުން މީހަކު ޖާމިނުވުމާއެކު، ކޯޓުން ކަނޑައެޅި ޝަރުތުތަކެއް ފުރިހަމަ ކުރުމުން ކަމަށެވެ. މި ކަމަށް ދައުލަތުން ވެސް އިއުތިރާޒެއް ނުކުރާ ކަމަށް ކޯޓުން ބުންޏެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތުގެ ދައުވާތައް އުފުލާފައި ވަނީ ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށް އެޗްޑީސީ އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމަކާ ގުޅިގެންނެވެ. މި މައްސަލައިގައި ފްލެޓް ގަތް މީހުންގެ އަތުން ފައިސާ ނަގައި، ފްލެޓް ނުއަޅައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވެ އެވެ.

ކޯޓުން ބުނީ އިމިގްރޭޝަނުން ފުރުމުގެ އިންތިޒާމް ހަމަޖައްސައިދޭ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައްމަޓީއަށް ރާއްޖެއިން ބޭރަށް ދެވޭނެ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ އެނބުރި ރާއްޖެ އަންނަން ޖެހޭނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް