ހޭންޑްބޯލް އެސޯސިއޭޝަނުން، ފިރިހެން ބީޗް ޓީމަށް ޖޯޒީ ޑިޒައިންކޮށްދޭން ފަރާތެއް ހޯދަން އިއުލާންކޮށް ބުނީ، އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ޑިސެންބަރު 24 ވަނަ ދުވަހުގެ ކުރީން، ޕްރޮޕޯސަލް ހުށަހެޅުމަށެވެ.
ހޭންޑްބޯލް ގައުމީ ޓީމަށް ޖޯޒީއެއް ޑިޒައިން ކުރާއިރު، އެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ ކުރީކޮޅު ޕާކިސްތާނުގައި އޮންނަ މުބާރާތަކަށް ތައްޔާރުވަމުންނެވެ.
އެ މުބާރާތަށް ތައްޔާރުވުމަށް، ގައުމީ ބީޗް ހޭންޑްބޯޅަ ޓީމަށް ޕާކިސްތާންގެ ތަޖުރިބާކާރު ކޯޗެއް ހަމަ ޖައްސާފައެވެ.