ފިއުޗާ ސައިނާޖީސްއިން ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ މައްސަލަ ނިމެންދެން ފެނަކައިގެ ނިންމުމަށް އަމަލުކުރުން ހުއްޓުވައިދިނުމަށް އެދުމުން މި އަމުރު ނެރުނެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 1.6 މިލިއަން ޑޮލަރު އަދި 20 އަހަރުގެ މުއްދަތުގައި 33.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ސައިނާޖީސްއަށް ލިބޭނެ ކަމަށް ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކޯޓުން ބުނީ ސައިނާޖީސްއިން 7.2 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މިހާރު ހޯދާފައިވާ ކަމަށާއި، އެއްބަސްވުން ބާތިލުކޮށްފި ނަމަ އެ އިންވެސްޓްމަންޓް ގެއްލި، އިންވެސްޓަރުންގެ ކުރިމަތީގައި ކުންފުނީގެ އަގު ވެއްޓޭނެ ކަމަށެވެ.
ފެނަކައިން އެއްބަސްވުން ބާތިލުކުރި ސަބަބަކީ 31 ޖަނަވަރީ 2024 އާ ހަމައަށް މަޝްރޫއަށް ބޭނުންވާ ފައިސާ ކަށަވަރުކުރެވުނު ކަމުގެ ހެކި ހުށަހަޅާފައި ނެތުން ކަމަށް ބުނި ނަމަވެސް، އެއްބަސްވުމުގެ އިސްލާހުގެ ދަށުން އެ ހެކި ހުށަހަޅަންޖެހެނީ 15 މާޗު 2024 ގެ ކުރިން ކަމަށް ސައިނާޖީސްއިން ބުނެ އެވެ.