ads
އެޗްޑީސީގެ އެމްޑީ ފަޒުލް
ބޭބެއަށް ވުމަކީ އިއްތިފާގެއް، އަޅުގަނޑުގެ އިޝޫއެއް ނެތް: ފަޒުލް
ބިންވެރިޔާ ސްކީމުގެ ދަށުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެއަށް ގޯއްޗެއް ދިން ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާ މިރޭ ނޫސްވެރިންނާ ބައްދަލުކޮށް ޖަވާބުދާރީވެއްޖެ އެވެ.
Advertisement

ފަޒުލް ވިދާޅުވީ އޭނާގެ އާއިލާގެ މެންބަރުންގެ ނަން ގޯތި ލިސްޓުގައި އޮތް ނަމަވެސް، ގޯތި ހައްގުވާކަން ނިންމާނީ ހައުސިން މިނިސްޓްރީން ކަމަށެވެ. އަދި ގޯތި ދޫކުރުމަކީ އެޗްޑީސީން ކުރާ ކަމެއް ނޫން ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ފަޒުލްގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަ މުހައްމަދު ފަޒީލް ރަޝީދަށް ގޯތި ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބުނާ ލިޔުންތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. އެހެން ނަމަވެސް ފަޒުލް ވިދާޅުވީ އެއީ ހައުސިން މިނިސްޓްރީން ފޮނުވި ސިޓީއެއްގެ ޖަވާބު ކަމަށެވެ.

"މި މައްސަލައިގައި ބޭބެއަށް ވުމަކީ އިއްތިފާގެއް، އަޅުގަނޑުގެ އިޝޫއެއް ނެތް،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެޗްޑީސީން އެއްވެސް ވަކި ބަޔަކަށް ޕްލޮޓްތަކެއް ދީފައި ނުވާނެ ކަމަށާއި އެ ކުންފުނިން އަމަލުކުރީ އުސޫލާ އެއްގޮތަށް ކަމަށެވެ. އަދި އޭނާގެ އަބުރު ކަތިލަން ވިޔަސް އަދި ސިޔާސީ މަންފާއެއް ހޯދަން ވިޔަސް ސޯޝަލް މީޑިއާގައި ދައްކާ ކޮންމެ ވާހަކައަކަށް ޖަވާބުދާރީވާން ތައްޔާރަށް ހުރި ކަމަށް ވެސް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް