އެމެރިކާގެ ފެމިލީ މެޑިސިން އެންޑް ކޮމިއުނިޓީ ހެލްތުގެ ޗެއާ، ޑރ. ގައުތަމް ރާއޯ ވިދާޅުވީ އެއްވެސް މިންވަރެއްގެ ވިޓަމިން ޑީ އަދި ކެލްސިއަމް ސަޕްލިމެންޓުން ފައިދާއެއް ކުރާކަން ދިރާސާތަކުން ދައްކާފައި ނުވާ ކަމަށެވެ. މި ލަފާ އަމާޒުކޮށްފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ދުވަސްވީ މީހުންނަށެވެ.
ޓާސްކް ފޯސްއިން ބުނީ މި ލަފަޔަކީ އަދި ފައިނަލް ލަފައެއް ނޫން ކަމަށާއި، ޖެނުއަރީ 21 ގެ ނިޔަލަށް އާންމުންގެ ހިޔާލަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ލަފާ ދިނުމުގައި ބޭނުންކުރި ހެކިތަކުގެ ޑްރާފްޓް ރިޕޯޓެއްވެސް އާންމުކުރާނެ ކަމަށް އެ ފަރާތުން ބުންޏެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ވެސް މިފަދަ ލަފައެއް ދީފައިވާއިރު، އޭރު އެ ލަފާ އަމާޒުކޮށްފައިވަނީ އުމުރުން ދުވަސްވީ އަންހެނުންނަށެވެ. ނަމަވެސް އޭރު ފިރިހެނުންނާ ގުޅޭ ގޮތުން ފުރިހަމަ ދިރާސާތަކެއް ނެތުމުން އެ ބައި ހިމަނާފައި ނުވެ އެވެ.