އެކަމާ ގުޅިގެން ސުއޫދު ވިދާޅުވީ ރާނިޔާ ރާއްޖެ އައިސްފައި ވަނީ މިދިޔަ މަހުގެ 28 ގައި ކަމަށެވެ. އަދި އެ ދުވަހު ބިޔާދޫ ކަރަންޓީން ފެސިލިޓީގައި ރާނިޔާ ކަރަންޓީނުކޮށްފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށް ފަހު ރާނިޔާ ދޫކޮށްލާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވަނީ ރާނިޔާ ކަރަންޓީނުން ދޫކޮށްލި ކަމުގެ ލިޔުން ވެސް ހިއްސާކުރައްވާފަ އެވެ.